ރަސްމާލޭ މަޝްރޫޢު ހިންގާނީ ހަމަ މަޝްރޫއެއް ހިންގާ އުސޫލުން ނޫން ކަަމަށާއި، އޭނާގެ ސީދާ ބެއްލެވުމުގެ ދަށުން މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 450 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގާފައިވާނެ ކަމަށް އަލައްބާރު ވިދާޅުވެއްޖެ އެވެ.
އަލައްބާރު ވިދާޅުވީ މަޝްރޫއުތައް ހިންގުމުގައި އޭނާ ބަލާނީ އެ މަޝްރޫއެއް ހިންގާ މުޖުތަމައަށް ވީހާ ވެސް ބޮޑު ފައިދާއެއް ލިބިދިނުން ކަމަށެވެ.
ރާއްޖޭގައި ވިޔަސް އެހެން ގައުމެއްގައި ވެސް އީގަލް ޖިލްސްގެ މަޝްރޫއެއް ހިންގާ އިރު އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއް ގަންނާނީ ދިވެހިރާއްޖޭގެ މީހުންގެ އަތުންނެވެ. ވަޒީފާ އާއި ތަމްރީނުގެ ގިނަ ފުރުސަތުތައް ދޭނީ ވެސް ރާއްޖޭގެ މީހުންނަށް ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު