އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދަށް ކަމަށާއި ރ. ފުއްގިރި ކުއްޔަށް ދޫކުރީ ޚުދު އެ މަނިކުފާނު ފައިސާ ހޯދަން ކަމަށް ދައުލަތުގެ ވަކީލުން މިއަދު ކޯޓުގައި ބުނެފި އެވެ.
ދައުލަތުގެ ވަކީލުން އެހެން ބުނީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތް ހިންގުމުގައި ރިޝްވަތުގެ ގޮތުގައި ނެގި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ހުލާސާ ބަޔާން އިއްވުމުގެ މަޖިލިސް މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ރައީސް ޔާމީން ކަމާއި އޭނާ ކޮރަޕްޝަން ހިންގާ ކަމުގެ މައުލޫމާތު ލިބެމުންދަނިކޮށް ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވުމާއި، ފަތުރުވެރިކަމަށް ރަށް ކުއްޔަށް ދޫކުރުން ފަދަ މުއާމަލާތްތައް ހިންގުން، ޓޫރިޒަމް އިޝްތިހާރު ކުރަން އުފެއްދި އެމްއެމްޕީއާރްސީގެ ދަށަށް ބަދަލުކުރުމާއި، ނައިބު ރައީސް ކަމަށް އައްޔަންކުރެއްވުމަށް ފަހު ވެސް ޓޫރިޒަމް މިނިސްޓްރީގެ ހުރިހާ ޒިންމާތަކެއް އަދީބާ ހަވާލުކޮށްފައި ވުމާއި، އެ ކަންކަން ކަމުގައި އަދީބަށް އިންތިހާއަށް އިތުބާރު ކުރައްވާފައިވާއިރު، އެ އިތުބާރު ގުޅިފައިވަނީ ފައިސާއާ ކަން ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު