“ބްލެކް ހޯލް ސަން” އަށް ލިބުނު ގޯލްޑަން ބަޒާއާއެކު ނޭނޭ ރޯޔަލް އޭޖީޓީ ފައިނަލަށް

މިލައުތުރު | 31 އޮގަސްޓު 2026 | ކުޅިވަރު

އޭޖީޓީގެ ފުރަތަމަ އޮޑިޝަންގައި “ޒޮމްބީ” ލަވަ ހުށަހަޅައިދިނުމުން މާޤުބޫލްކަން ލިބުނު ތައިލޭންޑްގެ ޕުކޭއަށް އުފަން އުމުރުން 16 އަހަރުގެ ނޭނޭ ރޯޔަލް އޭޖީޓީގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

Advertisement

ލައިވް ރައުންޑްގައި ނޭނޭ ރޯޔަލް “ބްލެކް ހޯލް ސަން” ލަވަ ހުށަހަޅައިދިންލެއް ހިތްގައިމުކަމުންނާއި، ގިޓާ ކުޅުމުގެ ހުނަރަށް މުބާރާތުގެ ފަނޑިޔާރު މެލް ބީ ގޯލްޑަން ބަޒާއެއް ދިނުމުން އިތުރު ރައުންޑަކާނުލާ ސީދާ ފައިނަލަށް ވަނީ ދަތުރު ކޮށްފައެވެ.

ނޭނޭ ރޯޔަލްގެ އެންމެ ޚާއްސަ ހުނަރަކީ މެޓަލިކް މިއުޒިކަށް ގިޓާ ކުޅުމުގެ ހުނަރެވެ. އޭނާ ފާހަގަކުރެވެނީ ލަވަކިއުމާއި، ގިޓާ ކުޅުމާއި، ސްޓޭޖް ޕާފޯމަންސަށް ކޮޅު ކުއްޖެއްގެ ގޮތުގައެވެ.

އޭނާއަށް ލިބެމުންދާ ކާމިޔާބީ ފާހަގަކޮށް ތައިލޭންޑް ސަރުކާރުން ވަނީ އޭނާގެ ހުރިހާ ޚަރަދެއް ސްޕޮންސަރ ކޮށްފައެވެ. އަދި ތައިލޭންޑްގެ ފަތުރުވެރިކަން ބޭރުދުނިޔޭގައި ޕްރޮމޯޓުކުރާ ޚާއްސަ ބްރޭންޑް އެމްބަސެޑަރުކަމަށް ހަމަޖައްސާފައެވެ.

ނޭނޭގެ ހުށަހެޅުންތަކުގެ ފުރިހަމަކަމުން އެމެރިކާގެ ވަރަށް ގިނަ ބައެއްގެ މަޤުބޫލްކަން ވަނީ ލިބިފައެވެ. އެހެންކަމުން “ނޭނޭ، ގޯގޯ” ޖަހާފައިވާ ބޮޑެތި ބިލްބޯޑްތައް ވަނީ ބަހައްޓާފައެވެ. އަދި ބޮޑެތި ކުންފުނިތަކުން އޭނާއަށް ބޮޑެތި ސްޕޮންސާތައް ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.