އަތޮޅުގެ ގިނަ ބައެއްގެ ތާއީދާއެކު ކުރިއަށް އޮތް އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި ށ. އަތޮޅުން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިއަށް ވާދަކުރާނެކަން ނަޝާ ނަސީރު އިޢުލާން ކޮށްފި އެވެ.
މިކަން އިޢުލާން ކުރުމުގެ ގޮތުން ނަޝާ ނަސީރުގެ އަމިއްލަ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ވަނީ؛
އެމްޑީޕީގެ ސިޔާސަތުތަކަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއިއެކު، އެމްޑީޕީގެ ޤައުމީ މަޖިލީހަށް ގެނެވޭ ބަދަލުގައި ށ.އަތޮޅަށް އިންތިޚާބުކުރާ ހަމައެކަނި އަންހެން މެމްބަރުގެ ގޮތުގައި ވާދަކުރުމަށް އަޅުގަނޑު ނަޝާ ނަސީރު, ނަފާ / ށ.ފޯކައިދޫ, ޤަސްތުކުރަމެވެ. އަދި މިކަމުގައި ތިޔަ ލޮބުވެތި މެމްބަރުންގެ ތާޢީދާއި ވޯޓަށް އެދި އިޚްލާސްތެރިކަމާއިއެކު ދަންނަވަމެވެ.
ށ އަތޮޅުގެ ކުރިއެރުމާއި ތަރައްޤީ ގުޅިފާވަނީ އެމްޑީޕީގެ ވިލަރެސްވެރީންގެ ތަސައްވުރާއި ކުރެހުންތަކާއިއެވެ. އަދި ތިޔަ މެމްބަރުންގެ އެއްބައިވަންތަކަމާއިއެވެ. މާޒީން ފެންނަންއޮތީ އެތަނެއެވެ. މުސްތަޤުބަލަށް ށަވިޔަނި ކުރަހާނީވެސް އެމްޑިޕީންނެވެ. އެ ތަޞައްވަރުގެ ހިއްސާއަކަށްވާން އަޅުގަނޑަށް ތިޔަބޭފުޅުން ފުރުޞަތެއް ދެއްވުންއެދެމެވެ. އިންޝާﷲ ތިޔަބޭފުޅުންގެ ވިންދާއި އެއްގޮތަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި އަޅުގަނޑު ތަމްސީލުވާނަމެވެ.
މިހާތަނަށް އަތޮޅަށް ވާދަކުރާނެކަން އިޢުލާން ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ، ށ. ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އަންވަރު އާއި، މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ކުރީގެ މެންބަރު ޢަލީ ރިޒާ އާއި، ފުނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) އާއި، ށ. ފޭދޫ ވަސީމް (ވޮލެޓޭ) އާއި، ށ. ފުނަދޫ އަޙްމަދު ޒުމްރަތުގެ އިތުރުން ށ. ފޯކައިދޫ މަރިޔަމް ސުނައިނާ އެވެ.
ށ. އަތޮޅުން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިއަށް ވާދަކުރާނެކަން މިހާތަނަށް އިޢުލާން ކޮށްފައިވަނީ ނަޝާ ނަސީރު އާއި މަރިޔަމް ސުނައިނާއާ ދެ މީހުންނެވެ. ގިނަ ބަޔަކަށް ލަފާކުރެވޭގޮތުގައި ގޮނޑި ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ނަޝާ އަށެވެ. މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ 27 ނޮވެމްބަރު 2026 ގައެވެ.

ކިޔުންތެރިންގެ ހިޔާލު