ނ. ކެނދިކުޅުދޫ ގައި އައު ޖެޓީއެއް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ވީ ވަޢުދުފުޅުގެ ދަށުން ކުރިން ބޭނުންކުރި ޖެޓީ ތަޅާލުމަށް ފަހު އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލާފައި އޮންނާތީ، އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެކަމަށް އިހުތިތާޖު ކުރުމުގެ ގޮތުން ބެނާތައް ދަމައި، ޝުއޫރު ފާޅުކުރަން ވަނީ ފަށާފައެވެ. އެފަދަ ފަރާތަކުން ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިޔާގައި ބުނެފައިވާ ގޮތުގައި ކެނދިކޮޅުއަވަށުގެ ޖެޓީ ނަގާ މުޅިން އައު ޖެޓީއެއް އަޅައިދިނުމުގެ ހުވަފެނީ ކުލަވަރު ދައްކާލުމަށްފަހު، ކުރިން ބޭނުންކުރަމުން އައި ޖެޓީ ފުނޑާލާ، މި ރީތި އަތިރިމަތި “ހާވައިގަނެފައި” އޮންނަތާ އަހަރެއް ފާއިތުވެގެންދިޔަ އިރުވެސް މަސައްކަތެއް ނުކުރާތީ ރައްޔިތުން ކަންބޮޑުވުން އިންތިހާވެފައިވާ ކަަމަށެވެ.
މިއީ ވަރަށް ގިނަ ރަށް ރަށުގެ ޝަކުވާއެކެވެ. ކަންކަން ނުކުރެވޭ ހިނދު ކުރިން ބޭނުންކުރެވޭ ޙާލަތުގައި ހުރި ތަންތަން ނައްތާލުމަކީ ކަންބޮޑުވާ ކަމެކެވެ. ބައެއް ރަށް ރަށުގައި ހަމަ ރީތިކޮށް ހުރި މިސްކިތްތައް ތަޅާލުމަށް ފަހު، އައު މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމުގެ ޝަކުވާއަކީ ވެސް މިހާރު އާއްްމުވެފައިވާ ބޮޑު ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު