ވިލިމާލެއިން ހައްޔަރު ކުރި ޑްރަގް ތަރިންތައް ބަންދުން ދޫކޮށްލައިފި.

މިލައުތުރު | 22 އޮކްޓޯބަރ 2026 | ޚަބަރު

މި މަހުގެ 8 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިލްމީ ތަރިންކަމުގައިވާ އަހުމަދު އަޒްމީލް އާއި އިސްމާއިލް ޖުމައިހު އަދި މުހައްމަދު ވިޝާލް ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި ޑްރަގް ތަރިންގެ ތަހުޤީޤު ފުރިހަމަ ކުރުމަށް ފަހު އެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. އެެހެންކަމުން އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. ކުރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިގޮތުގައި ހަތަރު މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ތަހުގީގު މަރުހަލާ ފުރިހަމަވެފައިވާތީ ދޫކޮށްލީ ކަމަށެވެ. އަދި ބާކީ ހުރި މީހާ ވެސް ދޫކޮށްލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ތުހުމަތަކީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.