ނޮވެމްބަރު 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) ގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ށ. އަތޮޅުގެ ރަށު ދާއިރާތަކުގެ ތެރެއިން ގިނަ ރަށް ރަށުގެ މެންބަރުން އިންތިޚާބަކާ ނުލާ ހޮވިއްޖެ އެވެ.
ށ. އަތޮޅުގައި ހިމެނޭ 14 ރަށުގެ ތެރެއިން އެންމެ ތިން ރަށް ފިޔަ އެހެން ހުރިހާ ރަށެއްގެ ރަށު ދާއިރާގެ މެންބަރުން ވަނީ ކަނޑައެޅިފައެވެ. އެ ރަށް ރަށުން އެއް ކެންޑިޑޭޓު ވާދަކޮށްފައިވާތީ، އިންތިޚާބަކާ ނުލާ ހޮވުނީއެވެ. ތިންތިޚާބަކާ ނުލާ ހޮވުނީ މިލަންދޫ، ނަރުދޫ، ފީވައް، ފޭދޫ، ނޫމަރާ، ކަނޑިތީމް، ބިލެތްފަހި، މަރޮށި، ކޮމަންޑޫ، މާއުނގޫދޫ އާއި ފުނަދޫގެ ޤައުމީ މަޖިލިސް މެންބަރު ކަމަށް ވާދަކުރި ފަރާތްތަކެވެ.
އެއް ކެންޑިޑޭޓަށް ވުރެ ގިނައިން ކުރިމަތިލެއްވުމުން އިންތިޚާބަކަށް ދާން ޖެހިފައިވަނީ ފޯކައިދޫ، ގޮއިދޫ އަދި ޅައިމަގުން ޤައުމީ މަޖިލިސް މެންބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކެވެ. އިންތިޚާބު އޮންނާނީ 27 ނޮވެމްބަރު 2026 ގައެވެ.

ކިޔުންތެރިންގެ ހިޔާލު