ކުރީގެ ރައީސް މައުމޫންގެ ރަން 30 އަހަރުގައި ރާއްޖޭގައި ތަންފީޒުކުރި ބައެއް ސިޔާސަތުތައް މިސަރުކާރުން ތަންފީޒުކުރަން ތައްޔާރުވާން ފަށައިފިއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ ހަނދާނީ ފިލައެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ކަމާ ގުޅޭ ދާއިރާތަކުގެ ވަޒީރުންގެ އަރިހުން ރައީސް އެދިވަޑައިގެންފި އެވެ.
ސޯޝަލް މީޑިއާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި މުޖުތަމަޢަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ، ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް އައު ކަންތައްތަކެއް ރާވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާކޮށްދޭ ފައިސާއެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ފަހު އެއާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލިސްގައި ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މަޢުމޫންގެ ޒަޢާމަތުގައި ދެން ހިންގެވި މިފަދަ އަނެއް ސިޔާސަތަކީ އާބާދީ ކޮންޓްރޯލް ކުރާ ރަށްރަށަށް އެކަމުގެ ހަނދާނީ އައްޑަނަ އެރުވުމެވެ. މިކަން ތަންފީޒުކޮށްފިނަމަ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.