މިލައުތުރު

50 އަހަރު ވީ ފޯކައިދޫ ޒުވާނުންގެ ބޯޅަ ގެއްލިއްޖެ

ދިވެހިރާއްޖޭގައި ފުޓްބޯޅަ އަށް އެންމެ މަޝްހޫރު އެއް ރަށަކީ ހަމަ ޔަޤީނުން ވެސް ފޯކައިދޫއެވެ. އެއީ ފުޓުބޯޅައިގެ ދިގު ތާރީޚެއް އޮތް ތަށެކެވެ. އިހުޒަމާނުގައި އޮތް ދަތި ޙާލަތުގައި ވެސް ފުޓުބޯޅައަށް ލޯބިކުރި އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށްފައި ވެއެވެ. އަދި ހިތި ބޭސް ބޮވި ހުތުރު ނަން ވެސް ލިބިފައި ވެއެވެ. އެގޮތުން ބައިކޮޅަށް އެންމެ ގިނަ ގޯލުވަތް ރަށުގެ ލަޤަބު ލިބި މަލާމަތާއި ފުރައްސާރަ ކުރުން ރައްދުވީ ރަށެކެވެ. އެހެން ނަމަވެސް، ފޯކައިދޫގެ ޒުވާނުން ރަށުގެ ތާރީޚް ވަނީ ބަދަލުކޮށްލާފައެވެ. އެގޮތުން ވިދި ވިދިގެން 2 އަހަރު ރާއްޖޭގެ ޗެމްޕިއަންކަން ވަނީ ޙާޞިލްކޮށްފައެވެ. އަދި ށ. އަތޮޅުގެ ފުޓުބޯޅައިގެ ރަސްގެފާނުގެ ލަޤަބު ހޯދިއެވެ.

މިހުރިހާ ކާމިޔާބީތައް ހޯދުމަށް ފަހު ފޯކައިދޫ ޒުވާނުންގެ ފޯރި ގަދަ ބޯޅަ ވީތަނެއް ނޭނގި ގެއްލިއްޖެއެވެ. ކުޅިވަރު ތަރައްޤީ ކުރުމުގެ ނަމުގައި ދިވެހިރާއްޖޭ ގައި ފުޓުސަލް ދަނޑުތައް އެޅުމުގެ ތެރޭގައި، ފޯކައިދޫ ގައި އޮތް ރީތި ޤުދުރަތީ ވިނަ ދަނޑު ވަނީ ނައްތާލާފައެވެ. އެއީ ދިވެހިރާއްޖޭ ގައި އޮތް މަދު ޤުދުރަތީ ވިނަ ދަނޑުތަކުގެ ތެރެއިން އެއް ދަނޑެވެ. މިއީ ޒުވާނުންގެ ވަރަށް ގިނަ ކުޅޭ ކުދިން ފޫހިވާން ދިމާވި އެއް ސަބަބު ކަމުގައި ވެދާނެއެވެ. އަދި ޒަމާނުން ސުރެން ފޯކައިދޫގައި ބޭއްވެމުން ދިޔަ ފޯރި ގަދަ ފޯކައިދޫ ފުޓުބޯޅަ ލީގު ހުއްޓާލުމާއި، ރަށު ކައުންސިލްގެ ދަޢުރު ކުޑަވުން ވެސް ހިމެނެއެވެ.

ފޯކައިދޫގެ ވަރަށް ގިނަ ޒުވާނުން ދެކޭ ގޮތުގައި މިއީ ފޯކައިދޫ ޒުވާނުންގެ ބޯޅަ މިހާ ދަށަަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މިކަމުގެ ހިތްހަމަ ނުޖެހުން ފާޅުކުރާ ޒުވާނުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

© 2023 milauthuru. All rights reserved.