ފ. މަގޫދޫ ކައުންސިލުން ހިންގި ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށްފި.

މިލައުތުރު | 18 އޮގަސްޓު 2025 | އަތޮޅުތަކުން

ފ. މަގޫދޫ ކައުންސިލުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށް އެ މަޝްރޫޢުތަކަށް އެހީތެރިވެދެއްވި ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ކުލަގަދަ ޙަފުލާއެއް ބާއްވައިފިއެވެ.

Advertisement

ކައުންސިލުން ނިންމާފައިވާ ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ރަސްމީ ފާލަންކޮޅާއި، ދަތުރުވެރިންގެ ހިޔާ އާއި، ބަނދަރު މައިޒާނާއި، ލައިސަންސް ޓްރެކެއް ތަރައްޤީކުރުން ހިމެނެއެވެ. މި ހުރިހާ މަސައްކަތެއް މިހާރު ވަނީ ފުރިހަމަކޮށް ނިންމާފައެވެ.

މަގޫދޫ ކައުންސިލުން ހިންގި މަސައްކަތްތަކަށް އެހީތެރިވެެދެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.

މި ޙަފުލާގެ ޝަރަފުވެރި މެހެމާނަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އެވެ. އަދި ޖަލްސާގައި އެ ދާއިރާގެ ކުރީގެ މެންބަރު ދޮންބިލެތް އަޙްމަދު ހަލީމް އާއި އެމްޑީޕީގެ ބައެއް އިސް ފަރާތްތައް ވެސް ބައިވެރިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.