ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފުޓްބޯޅަ ޝަހުސިއްޔަތެއް ކަނޑައަޅަނީ

ޝާން މުޙައްމަދު | 20 އޮގަސްޓު 2025 | ކުޅިވަރު

ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފުޓްބޯޅަ ޝަހުސިއްޔަތެއް ކަނޑައަޅަން ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމް އިން މިގޮތަށް ނިންމީ ރާއްޖޭގެ ފުޓްބޯޅަ އަށް މި އަހަރު 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން މިކަން ފާހަގަ ފާހަގަކުރަން އަންނަ އަހަރު މުބާރާތެއް ބާއްވަން ވެސް އެފްއޭއެމްއިން ވަނީ ނިންމާފަ އެވެ.

Advertisement

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލު ފާހަގަ ކުރުމަށް އެފްއޭމުން އެކުލަވާލި ކޮމިޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ ޗެއާ އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން ބުނީ ރަށްރަށުން ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ފުރުސަތު ދޭނީ އެ ރަށަކަށް ކަމަށެވެ. އަދި އެކަމަށްޓަކައި އުސޫލުތަކެއް އެކުލަވާލާއި އެކަން އެފްއޭއެމުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ބުންޏެވެ.

“ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުޓްބޯޅަ ޝަހުސިއްޔަތު އަޅުގަނޑުމެން ހޯދާނަން އިރާދަކުރެއްވިޔާ،” ސުޒޭން ބުންޏެވެ. “އެކަން ކުރާނީ އެ ރަށެއްގެ ކައުންސިލާއި ޖަމިއްޔާތައްވެގެން.”

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.