މުސްކުޅިކަމުން އެއްވެސް ހަކަތައެއްނެތް ކަމަށާއި، ދަނޑުމަތީގައި ބަހައްޓާފައި ހުންނަ ބުދެއް ކަމަށް ބުނެ މަލާމާތާ ފުރައްސާރަތައް އިންތިހާވެފައި ވަނިކޮށް މިރޭ ކުޅުނު މެޗުގައި ޕޯޗުގަލްއަށް 2 ގޯލް ކާމިޔާބުކޮށްދީ، މުޅިން އައު ރެކޯޑަކާއެކު ދުނިޔޭގެ ރެކޯޑް ފޮތަށް ރޮނާލްޑޯގެ ނަން އަރައިފި އެވެ.
ތަފާތު 6 ވޯލްޑް ކަޕް މުބާރާތުގައި ގޯލް ކާމިޔާބުކުރި ފުރަތަަމަ ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމުގައި ދުނިޔޭގެ ރެކޯޑް ފޮތަށް ވަނީ އަރާފައެވެ. މިއީ ރޮނާލްޑޯ މުގުރާލި މުޅިން އައު ރެކޯޑެކެވެ.
އުޒްބަކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް ކާމިޔާބުކުރީ 5 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ އެ ޓީމަށް ދެ ގޯލް ޖަހައިދީފައެވެ. އަދި ގިނަ ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފައެވެ. ރޮނާލްޑޯއަށް ވެސް އިތުރު ލަނޑުޖަހާނެ ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
މިރޭގެ ކުޅުމަށް ބަލާފައި ރޮނާލްޑޯ އަކީ ލެޖަންޑެއް ކަމަށް ބުނެ ތައުރީފުތައް ވަނީ އޮހެން ފަށާފައެވެ. ގިނަ ބަޔަކު ވަނީ ކުރިން ބުނިއެތި ކެންސަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު