މިސްކިތްތަކުން ނަމާދުގެ އަޑާއި ޤުރުއާނުގެ އަޑު ނީވޭ ގޮތަށް ބެހެއްޓުމަށް ޝައިޚް ޙުސައިން ރަޝީދު އިލްތިމާސް ކުރައްވައިފި.

މިލައުތުރު | 31 މޭ 2026 | ޚަބަރު

މިސްކިތްތަކުގެ ތާޅަފިލީން ނަމާދުގެ އަޑާއި ޤުރުއާނުގެ އަޑު ނީވޭ ގޮތަށް ބެހެއްޓުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޙުސައިން ރަޝީދު އަޙްމަދު އިލްތިމާސް ކުރައްވައިފި އެވެ.

ޝައިޚް ވިދާޅުވީ މިސްކިތްތަކުގެ ތާޅަފިލީން މިސްކިތުން ބޭރަށް ބަންގީގެ އަޑު އިވޭގޮތް ހެދުމަކީ ރާއްޖޭގައި ވުޖޫދުކުރެވިފައިވާ ރަނގަޅު ކަމެއް ކަމަށެވެ. އެހެނަސް ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުގެ އަޑާއި ޤުރުއާނުގެ އަޑު އިވޭގޮތް ހެދުމަކީ ރިޔާކާރީގެ ތެރެއަށް ނުވެނުދާނެ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ގޭގެއާއި ބާޒާރުގައި އުޅޭ މީހުންނަށް އުނދަގޫ ވާނެ ކަމަށެވެ.

އަދި ވަކިން ޚާއްސަކޮށް ރޯދަމަހުގެ ތަރާވީހު ނަމާދު ފޮނުވުމީ އަނެކުން ފާފަވެރި ކުރުވަނިވި ކަމެއް ކަމަށެވެ. އެއީ މާތް ﷲ ގެ ވަޙީ ބަސްފުޅުގައި ޤުރުއާން ކިޔެވޭ ހިނދު ހަނު ތިބުމަށާއި ކަނުލައި އަޑު އެހުމަށް އަންގަވާފައިވާތީއެވެ. މިސްކިތްތަކުގެ ތާޅަފިލީން ބާރަށް ޤުރުއާން ކިޔަވާ އަޑު އިވޭގޮތަށް ބެހެއްޓުމަކީ އިޖްތިމާޢީ އުނދަގުލެއް ކަމަށެވެ.

އެހެންކަމުން ކަމާބެހޭ ފަރާތްތަކަށް ޝައިޚްގެ އިލްތިމާސަކީ މިސްކިތްތަކުގެ ލޯޑިސްޕީކަރުން ބަންގި ފިޔަވައި އެހެން އެއްވެސް އެއްޗެއް މިސްކިތުން ބޭރަށް ނީވޭ ގޮތަށް ހެއްދެވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.