މިއަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި، އެއީ ދޮގެއް ކަމަށް ވިދާޅުވެ އެގޮތަށް ވާހަކަ ދެއްކުން ކުށްވެރިކުރާ ކަމަށް ނަޝީދުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާތިލްކުރަން ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލް އަބްދުﷲ ޝާއިރު އެވެ. މައްސަލައިގައި އެދިފައިވަނީ އިންތިހާބަށް ކޮށްފައިވާ އިއުލާނަކީ ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ކޮށްފައިވާ އިއުލާނެއް ކަމަށާއި، މިހާރު އިޢުލާން ކޮށްފައިވާ ތާވަލް ބާޠިލުކޮށްދެއްވުމަށެވެ.
މީކާއިލް ވަނީ މިކަން ރައީސް ނަޝީދުގެ މައްޗަށް ތުުހުމަތުކޮށް، އިންތިހާބުގެ ޓައިމްލައިން ބާތިލް ކުރެއްވުމަށް ކޯޓަށް ދިއުމަކީ ޕާޓީގެ އަސާސީ ސިފަތަކާ ވަރަށް އިދިކީލި، ބީރައްޓެހި އަދި ޑިމޮކްރަސީއާއި ޚިލާފު އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ތަރުޖަމާނު މިވަނީ އެކަން ދޮގު ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު