ރައްޔިތުން އެދޭގޮތަށް ސިޔާސަތު ހިންގާ ހަމައެކަނި ޕާޓީއަކީ ކޮންގްރެސް ޕާޓީ – އެމްޕީ މަންޑޭ

މިލައުތުރު | 30 އޮގަސްޓު 2026 | ސިޔާސީ

ދިވެހި ރައްޔިތުން އެދޭ ފަދަ ސިޔާސަތުތަކެއް ހިންގާ ހަމައެކަނި ޕާޓީއަކީ ކޮންގްރެސް ޕާޓީކަމަށް ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު މަމްދޫހް (މަންޑޭ) ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކާމިޔާބީއާ ގުޅޭ ގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އެމްޕީ މަންޑޭ ވިދާޅުވީ، މަދު އަހަރުކޮޅެއްގެ ތެރޭގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކޮންގްރެސް ޕާޓީ ވެއްޖެ ކަމަށެވެ. އެއީ ޕާޓީގެ ސިޔާސަތުތަކާއި، ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނާތީ ކަމަށެވެ.

Advertisement

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެންމެ ފުރަތަމަ ރަޖިސްޓަރީކުރި ސިޔާސީ ޕާޓީތައް ވެސް ފަހަތައް ޖައްސާލައި އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީއެންސީ ވެފައިވަނީ ރައްޔިތުން އެދޭގޮތަށް ހިންގާ ސިޔާސީ ޕާޓީއަކީ އެ ޕާޓީކަމުގައި ވާތީ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.