މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ށ. ފޯކައިދޫ ފެނަކައިގާ މަސައްކަތްކުރާ 12 މުވައްޒަފަކަށް ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު މިއަދު ޙަވާލުކޮށްފި އެވެ.
ބާރަ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައިވަނީ މާދަމާއިން ފެށިގެންނެވެ. އަދި ވަޒީފާއިން ވަކިކުރަން ނިންމަފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ ރިޑަންޑަންސީ ޕޮލިސީގެ ދަށުންނެވެ.
ވަކިކުރި ހުރިހާ މުވައްޒަފުން ވެސް ވަކިކޮށްފައި ވަނީ އެއްވެސް ނޯޓިސްއެއް ދިނުމަކާނުލާ ވަޒީފާއާބެހޭ ޤާނޫނުގައި ލާޒިމްކުރާ ނޯޓިސްގެ މުއްދަތަށްވާ ފައިސާ 14 ދުވަހުގެ ތެރޭގައި ދޭގޮތަށެވެ.
ށ. ފޯކައިދޫން މިހާތަނަށް ވަކިކުރި މުވައްޒަފުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު