ޖުލައި 11 ވަނަ ދުވަހު އޮތް ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ނާކާމިޔާބުވި ޕީއެންސީ ކޮމަންޑޫ ދާއިރާގެ ޓީމާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފި އެވެ.
އެހެން ނަމަވެސް އިންތިޚާބުން މޮޅުވި ޓީމަށް ރައީސް އާއި ބައްދަލުކުރެވޭ ގޮތެއްނުވި ކަމަށް މަޢުލޫމާތު ލިބެއެވެ. ޕީއެންސީ ކޮމަންޑޫ ދާއިރާގެ ނައިބު ރައީސްކަމުގެ މަޤާމަށް ވާދަކުރީ ޢަލީ ނާދިރު އާއި މުޙައްމަދު ވަޙީދު އެވެ. އިންތިޚާބު ކާމިޔާބުކުރީ އެމްޕީ ފެކްޝަންގެ ލީޑަރު ނާދިރުއެވެ. ދެ ޓީމުން ވެސް ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުންނާއި ބައްދަލުކޮށް ދިމާވި ގޮންޖެހުންތަކުގެ ވާހަކައާއި، ކާމިޔާބީތަކުގެ ވާހަކަތައް ހިއްސާކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބެއެވެ.
ވައްޑެގެ ޓީމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލުކޮށް 2028 ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރާނެކަމުގެ ފުރިހަަމަ ޔަޤީންކަން އަރުވާފައި ވެއެވެ. އަދި ވަރަށް އަަވަދިނެތިކޮށް އުޅުއްވަމުން ވެސް ރައީސް ވަގުތު ހުސްކުރައްވައި އެ ޓީމާއި ބައްދަލުކޮށްލެއްވީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައި އެ ޓީމުގެ އިސް ފަރާތަކުން ސޯޝަލް މީޑިޔާގައި ޕޮޓޯއެއް ހިއްސާކޮށްފައި ވެއެވެ.
ބެލެވޭގޮތުގައި އަނެއް ޓީމުން ވެސް ވަރަށް އަވަހަށް ރައީސް އާއި ބައްދަލުކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު