މުޒާހަރާގެ ބައިވެރިން ތަންދޫކޮށް ދިޔަ ފަހުން ފޯކައިދޫ ފެނަކަ އޮފީހުގެ ތަކެއްޗަށް ގެއްލުން ވެއްޖެ.

މިލައުތުރު | 1 ސެޕްޓެމްބަރ 2026 | ޚަބަރު

ށ. ފޯކައިދޫގެ ރައްޔިތުން އިއްޔެ ކުރި މުޒާހަރާތް ނިންމާލިފަހުން ފެނަކަ އޮފީހުގެ ބައެއް ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ. މަޢުލޫމާތު ލިބޭގޮތުގައި މުޒާހަރާގެ ބައިވެރިން އޮފީހުން ނިކުތްއިރު، އެއިން އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ވެފައެއް ނެތެވެ.

މުޒާހަރާގެ ބައިވެރިން ތަނުން ނިކުތުމުގެ ކުރިން ވަނީ އެތަނުގެ ޕޮޓޯނަގާ ވޯޑިއޯކޮށް ހަދާފައެވެ. މަޢުލޫމާތު އެނގޭ ފަރާތަކުން މަޢުލޫމާތު ދިންގޮތުގައި، ތަކެއްޗަށް ގެއްލުން ދީފައިވަނީ މުޒާހަރާގެ ބައިވެރިން އެތަން ދޫކޮށް ދިޔަ ފަހުން ބަޔަކު ފްރޭމް ކުރުމަށް ކަމަށް ތުހުމަތު ކުރެވެއެވެ.

Advertisement

އަދި ގެއްލުން ލިބިއްޖެ ކަމަށް ދެއްކުމަށްޓަކައި ބޭރަހުލިގެއެއް ތަޅާލާފައިއޮތް ތަން ދެއްކުމަކީ ވެސް ޤަބޫލުކުރަން ދަތިކަމެކެވެ. އެހެނީ ބަޔަކު ގެއްލުން ދޭން އުޅުނުނަމަ، އެތައް ސަތޭކަ ބަޔަކު ވަތްއިރު، ހަތަރު ފާރުވެސް ނުހުންނާނެ ކަމަށާއި، އިތުރަށް މަޝްރަޙް ހޫނުކުރަން އުޅުމަކީ ގޯސް ނަތީޖާއެއް ނިކުމެދާނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.