ކުރީގެ ތިން ރައީސުން އެކުގައި ނެންގެވި ފޮޓޯއިން ހާސިލްވީ ކޮންކަމެއް؟

މިލައުތުރު | 10 އޮގަސްޓު 2026 | ސިޔާސީ

މި ސަރުކާރުގެ އަމަލުތައް ގޯހުން ގޯހަށް ހިނގައްޖެކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން އެކުގައި އަތާއަތްޖޯޑުކުރަމުން ރައްޔިތުންނަށް ދެއްކެވި އުފާވެރި ފޮޓޯގަނޑުން ހާސިލްވީ ކޮންކަމެއްތޯ މީހުން ސުވާލު ކުރަން ފަށައިފި އެވެ.

އެދުވަހު ފެނުނު މަންޒަރުތަކުން ގިނަ ބަޔަކަށް ހީކުރެވުނީ ސިޔާސީ ޚިޔާލުތަފާތުވުންތައް ދޫކޮށްލައްވައި ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް ޙަޤީޤަތުގައި ވެސް އަތުކުރި އޮޅާލެއްވީ ކަމަށެވެ. އެހެން ނަމަވެސް މިހާރު އަނެއްކާ ވެސް ފެންނަނީ ލަވައިގެ ރާގު މުޅިން ބަދަލުވަމުންދާ މަންޒަރެވެ. އަދި އެ މަޝްވަރާތަކާއި ކުރެހި ސޮއިތަކަކީ މިހާރު އެއްވެސް މާނައެއް އޮތް އެއްޗެއް ނޫންކަމެވެ.

Advertisement

ރައީސް ޔާމީން ވިދާޅުވަނީ، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކުރެވޭ އިތުބާރު ރައީސް އިބޫއަށް ވުރެން ބޮޑުކަަމަށެވެ. އަދި ރައީސް އިބޫގެ ވެރިކަމުގައި އެމަނިކުފާނުގެ މައްޗަށް އަނިޔާވެރިވީ ފަދައިން ރައީސް މުޢިއްޒު އަނިޔާވެރި ނުވާނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މައްޗަށް އަދިވެސް އިސްކުރައްވާނީ ރައީސް ޑރ. މުޢިއްޒު ކަމަށެވެ. އެހެންކަމުން ތިން ރައީސުންގެ މަޝްވަރާތަަކަށް ދެންވާނީ ކިހިނެއްބާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.