ޑޮލަރުގެ އަގު 22 ރުފިޔާގައި ޓަކިޖަހައިފި، ރައީސް ވިދާޅުވީ ނާރާނޭ.

މިލައުތުރު | 9 އޮގަސްޓު 2026 | ޚަބަރު

ޑޮލަރު ލިބުމުގެ ދަތިކަމާއި، ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވައި، އެ ސިޔާސަތު ތަންފީޒުކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ރައީސް ވިދާޅުވަނީ މައްޗަށް ނާރާނެ ކަމަށެވެ. ދާނީ ތިރިއަށް ކަމަށާއި، ބޭންކަށް ޑޮލަރު މާރުނުކޮށް ރިސޯޓުތަކުގެ ވެރިންނަށް ނުތިބެވޭނެ ކަމަށެވެ.

މިއަދު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 22.10 ގައެވެ. ގިނަ ބަޔަކު އަންދާޒާކުރާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ޑޮލަރެއްގެ އަގު 25 ރުފިޔާ ފަހަނައަޅާނެއެވެ. ފަތުރުވެރިކަމުގެ މުއްސަނދި ނިސާއަތެއް އޮތް ގައުމެއްގައި ޑޮލަރުގެ ތާށިކަން މިހާ ބޮޑުވެގެންދާނެ ކަމަށް އެއްވެސް މީހަކު ހީވެސް ނުކުރެއެވެ.

Advertisement

ގަވަރުނަރު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ނުދާކަމަށާއި، ދިވެހި ރުފިޔާގެ އަގު ދަށްވަނީ ކަމަށެވެ. މިގައުމުގައި މިހާރު ވާއެއް ނުވާއެއް އެނގޭ ވަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.