އިއްޔެގައި މުޅި ދުނިޔެ ސިއްސުވާލީ ސްޕެއިންގެ ކުޑަ ރަށެއްކަމުގައިވާ ސިއުތާއަށް 60،000 އަށް ވުރެ ގިނަ މޮރޮކޯ މީހުން ޤަވައިދާ ޚިލާފަށް ވަތް ޚަބަރުންނެވެ. މިއަދު އެނގި ހާމަވެގެންދަނީ އެއީ ވެސް ސްޕެއިންގައި ހަމަނުޖެހުން އުފެއްދުމަށް އިޒްރޭލާއި އެމެރިކާ އަޑީގައި އޮވެގެން ދުރާލާ ރާވައިގެން ހިންގާލި ބޮޑު ހައިޖާނެއް ކަމެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭސަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށާއި، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފާޅުގައި ގޮންޖައްސަވައި ވާހަކަފުޅު ދައްކަވަމުން ގެންދަވާ މިވަގުތު މުޅި ޔޫރަޕުގެ ޤައުމެއްގައި ހުރި ހަމަ އެކަނި ބޮޑުވަޒީރެެވެ. އެހެންކަމުން އޭނާގެ ވެރިކަން ވައްޓާލުމަށްޓަކައި ޤައުމުގައި ހަމަނުޖެހުންތައް އުފެއްދުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މިއީ ކަމުގައި ވާތީ އެވެ.
ސްޕެއިން ވެފައިވަނީ އިޒްރޭލުން ޣައްޒާގައި ހިންގަނީ ނަސްލު ޤައިދުކުރުމެއް ކަމަށް ބުނެ އިސްރާއީލާއެކު އެއްވެސް މުޢާމަލާތެއް ނުކުރުމަށް ނިންމާފައެވެ. އަދި އިޒްރޭލް ބައިވެރިވާ އެއްވެސް ހަނގުރާމައެއްގައި ބައިވެރި ނުވާނެ ކަމަށާއި، އެއްވެސް އެހީތެރިކަމެއް ވެސް ނުވާނެ ކަމަށެވެ. އެހެން ވެގެން ޔަހޫދީ ޒަޔަނިސްޓް ދައުލަތުގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު