ތަކެތީގެ އަގުތައް މައްޗަށްދާތީ އާންމުން ނުހަނު ކަންބޮޑުވެފައިވަނިކޮށް، އަނެއްކާ ރާމަން ނޫޑްލިސް ޕެކެޓެއްގެ އަގު 55 ރުފިޔާއަށް ބޮޑުވުމުން ޒުވާން އަންހެން ކުދިން އެކަމާ ރުޅިގަދަ ވެއްޖެ އެވެ.
ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ކުރިން ބުނި ނަމަވެސް ދިޔައީ ތޮޅިއަށެވެ. ޑޮރަލުގެ އަގު އުފުލެމުން އުފުލެމުން ގޮސް މިހާރު 22 ރުފިޔާއަށް އަރައިފި އެވެ. ތަކެތީގެ އަގު ބޮޑު ނުވާނެ ކަމަށާއި، ރައްޔިތުން ތިބީ “ހެޕީ” ކޮށް ކަމަށް ބުނި ނަމަވެސް އެކަން ވެސް ވީ ބޮޑު ޖޯކަކަށެވެ. ރައްޔިތުން ވަރަށް “އަންހެޕީ” އެވެ. ޒުވާނުން ވެސް ވަރަށް “އަންހެޕީ” އެވެ.
އިޤްތިޞާދުން ފެންނަނީ މާޔޫސްކަމާއި، ހާސްކަމާ ހިތްދަތިކަމެވެ. ވަޒީފާތައް މަދުކޮށް، ފައިސާ ޗާޕުކޮށްގެން މުވައްޒަފުންނަށް މުސާރަ ދޭންޖެހޭ ހިސާބަށް ގޮސްފިއެވެ. މިއީ ދިވެހި ރައްޔިތުން ދުވަހަކުވެސް ތަޙައްމަލް ކުރަން ޖެހިދާނެ ކަމަށް ހީވެސް ކުރި ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު