މިނިވަން ދުވަސް: ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް ލިބިދާނެތީ އުފާވެރިކަން ގެއްލިފައި.

މިލައުތުރު | 26 ޖުލައި 2026 | ރިޕޯޓު

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި 61 ވަނަ މިނިވަން ދުވަހެވެ. މިދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ގިނަ ހަރަކާތްތަކެއް، ބޮޑު ހޭދަތައް ކޮށްގެން ބާއްވަމުން އެބަ ގެންދެއެވެ. އެހެން ނަމަވެސް ރައްޔިތުންގެ މޫނުތަކުން އުފާވެރިކަމެއް ނުފެއެވެ.

ޒުވާނުން ތިބީ މާދަމާވެސް ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް ލިބިދާނެތީ، ހިތްނުތަނަވަސްވެ ބޮޑު ހާސްކަމެއްގައެވެ. ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ %33 ކަނޑާލާނެކަން ވަނީ އިޢުލާން ކޮށްފައެވެ. އެހެން ކަމުން އެ ތެއްތިރީސް އިންސައްތައިގެ ތެރޭގައި ހިމެނިދާނެތީ ގިނަ ބަޔަކު ތިބީ މާޔޫސްކަމެއް ގައެވެ. އިޤްތިޞާދީ ޙާލަތު ދަށް ދަނޑިވަޅެއްގައި އަދާކުރަމުންދާ ވަޒީފާ ގެއްލިއްޖެނަމަ، ދިމާވާނެ ތަކުލީފުތައް ގިނައެވެ.

Advertisement

އެހެން އަހަރުތަކާއި ޚިލާފަށް މިނިވަންދުވަހުގެ ޝުއޫރުތަކާއި ހެޔޮ އެދުންތައް ސޯޝަލް މީޑިޔާގައި ފެންނަނީ ވެސް ވަރަށް މަދުންނެވެ. އެފަދަ ޕޯސްޓުތައް ފެނުން މަދުނުވާން ނުޖެހޭ ސަބަބެއް ވެސް ނެތެވެ. މިނިވަންކަމާއެކު ވަޒީފާ އަދާކުރާނެ މާޙައުލެއް ރާއްޖޭގައި ނެތް ވަގުތެއްގައި އިހުސާސްކުރެވޭނީ ކޮން އުފަލެއްތޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.