މިލައުތުރު

މާލޭގައި ބޯހިޔާވަހިކަން ގެއްލިފައިވާ ބުޅާތަކަށް ފްލެޓް ދޫކުރަނީ…

މާލޭގައި ބޯހިޔާވަހިކަން ނެތް މީހުންނަށް ފްލެޓް ލިބުމުގެ ކުރިން ބޯހިޔާވަހިކަން ނެތް ބުޅާތަކަށް ބޯހިޔާވަހިކަން ކަށަވަރު ވެއްޖެއެވެ. ދައުލަތުގެ ޚަރަދުގައި އޮޅުހިޔާ ހެދުމާއެކު ބުޅާތަކަށް ބޭނުންވާ ފުލެޓް ދޫކުރުމަށް ވަނީ ތައްޔާރު ވެފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި ބުޅާތަކަށް ދޫކުރަނީ މަތީ ފަންތީގެ ފްލެޓްތަކެކެވެ. އެއީ އެސޮރުމެން މާލެ އަންނަހިތް ނުވާވަރުގެ އަރާމު މާޙައުލެއް ކަށަވަރު ކޮށްދިނުމަށްޓަކައެވެ.

މާލޭގައި ބޯހިޔާވަހިކަން ނެތް ބުޅާތައް އޮޅުހިޔާއަށް ދިރިއުޅުން ބަދަލުކޮށް ނިމުމުން އެތަނަށް އެކަނި ގާތްގަނޑަކަށް މަހަކު އެެއް މިލިޔަން، އަހަރަކު 12 މިލިޔަން ރުފިޔާ ޚަރަދު ވާނެއެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަދެއްކި އާންމުންގެ މީހަކު ބުނީ ހައްޖު ކޯޕަރޭޝަނުން ޓޫރިސްޓް ހޮޓަލާއި ރިސޯޓު ހިންގާ ޤައުމެއްގައި ބުޅާތަކަށް ފްލެޓް ދޫކުރުމަކީ ވެސް ކޮށްފާނެ ކަމެކެވެ.

One Reply to “މާލޭގައި ބޯހިޔާވަހިކަން ގެއްލިފައިވާ ބުޅާތަކަށް ފްލެޓް ދޫކުރަނީ…”

  1. ބުޅާ ކަތީބު

    ތިޔައީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާ ކަންތައް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި