މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ބޭނުންވާ ވޯޓުފޮށިތައް މ. އަތޮޅުގެ ރަށްތަކަށް އުފުލުމަށް ބޭނުންކުރީ އެމްޓީސީސީ ދޯނިފަހަރުކަމަށް ބުނެ ބަޔަކު ޝަކުވާކޮށްފި އެވެ.
ޕީއެންސީގެ ވޯޓުފޮށިތައް އުފުލުމަށްޓަކައި އެމްޓީސީސީގެ ފެރީ ދޯނިތައް ކަމަށްވާ ސްޕީޑް އާއި ނިޔާމަ ބޭނުންކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އަދި މިކަމަށްޓަކައި އާންމު ފެރީ ދަތުރުތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ. އަދި އެމްޓީސީސީން އާންމުންނަށް އަންގާފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފެރީ ދަތުރުތައް ކެންކުރަން ޖެހުނީކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފެރީ ދޯނީގެ ދަތުރުތައް ވޯޓުފޮށިތައް ރަށް ރަށަށް ގެންދިއުމަށްޓަކައި، އާންމުންނަށް ދެމުންގެންދިޔަ ފެރީގެ ޚިދުމަތް ވަނީ މެދުކަނޑާލާފައެވެ. މިކަމާ އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު