ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގު އެނގޭ/ބުނާ މީހަކު ކުށްވެރިވަންޏާ އެންމެންވެސް ތިބޭނީ ކުށްވެރިވެފާ – މިނިސްޓަރ ޒަރީރު

މިލައުތުރު | 24 އޮގަސްޓު 2026 | ޚަބަރު

ދިވެހިރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އޮންނަކަން އެނގޭ ކޮންމެ މީހަކާއި، އެވާހަކަބުނާ ކޮންމެ މީހަކު ކުށްވެރިކުރަން ވެއްޖެނަމަ އެންމެންވެސް ތިބޭނީ ކުށްވެރިވެފައިކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ނޫންވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެޓީވީގެ ނޫސްވެރިޔާ ކުރި ސުވާލުގެ ޖަވާބުގައި މި މޭރުމުން ވާހަކަފުޅު ދެއްކެވުމުން މިހާރު ފާސްކޮށްފައިވާ އިސްލާޙްތަކާއި ދެކޮޅަށް ވާހަކަދައްކާ މީހުންނަށް އިތުރު ހިތްވަރެއް ލިބޭނެކަމަށް ބެލެވެއެވެ.

Advertisement

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައްް ޢާއްމުކުރުމަކީ މިހާރު މަނާކަމެކެވެ. އެހެންކަމުން ނޫސްތަކުން އެކަން ކުރުން ވަނީ ހުއްޓާލާފައެވެ. އެގޮތުން އެއްވެސް ނޫހެއްގައި މިހާރު އެވާހަކައެއް ނުލިޔެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.