މާކަނޑުގެ 500 މީޓަރު އަޑީގައި އުފައްދާ ބޯފެން އަގު ހެޔޮވެފައި ބޯލަން މީރުވާނެ – ފަހުމީ

މިލައުތުރު | 23 އޮގަސްޓު 2026 | ޚަބަރު

ރާއްޖޭގެ ރައްޔިތުން ހައިރާންކުރުވާނެ ފެނުގެ ބޮޑު މަޝްރޫޢެއް ކަނޑުގެ 500 މީޓަރު އަޑީގައި ފަށަން ތައްޔާރުވަމުންދާ ކަމަށް ދައުލަތުގެ ފެންކުންފުނިން އިޢުލާން ކޮށްފި އެވެ.

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ކަނޑުއަޑީގައި ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމަށް ހިންގޭ އިންގިލާބީ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށާއި، ކަނޑުއަޑީގައި އުފައްދާ ފެން އަގު ހެޔޮވިފައި ބޯލަން މީރުވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި އެމްޑީ ފަހުމީ ވިދާޅުވީ އެހާ އަޑިން ނަގާ ލޮނުފެން ވަރަށް ސާފުވާނެ ކަމަށާއި، އެލޮނުފެން ބޯފެނަށް ބަދަލުކުރުމަކީ ބޮޑުކަމެއް ނޫންކަމަށާއި، އެކަމަށް ހަދަންޖެހޭ ހުރިހާ ތަހުލީލުތަކެއް މިހާރު ވަނީ ކޮށް ނިންމާފައި ކަމަށެވެ.

Advertisement

ފަހުމީ ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވި ދުވަސްވަރުގައި ވަނީ ކަޑުގެ އެންމެ އަޑިއަށް ދެވޭވަރުގެ ސްްބްމެރިނެއް ވެސް އުފައްދަވާފައެވެ. އެހެންކަމުން 500 މީޓަރު އަޑީގައި ފެން އުފައްދާ ޕްލާންޓު ބެހެއްޓުމަކީ އެބޭފުޅާއަށް ބޮޑު ކަމަކަށް ނުވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.