ރާއްޖޭގެ މިހާރުގެ ބޮޑު ސޯބު އެނބުރެނީ ފަހަތަށް – ރައީސް ޔާމީން

މިލައުތުރު | 22 އޮގަސްޓު 2026 | ޚަބަރު

ތިނަދޫގައި އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންގެ ބޮޑު މެޖޯރިޓީ ތާއީދުނުކުރާ ކަމަށާއި، ބޮޑު ސޯބު އެނބުރެނީ ވެސް ފަހަތަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރުގެ ސަރުކާރު ހިނގަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަމަށާއި، މުޅި ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައިފި ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ޤާނޫނުން ލިބިދީފައިވާ ޙައްޤުތަކާއި، ބިންވެރިކަމުގެ ބާރު ހޯދުމަށް ހުރިހާ ރަށަކުންވެސް އިހުތިޖާޖު ކުރުމަށް އިލްތިމާސް ކުރައްވާކަަމަށެވެ.

Advertisement

ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތްކުރުމުގެ ވިސްނުންމެއްނެތް ކަމަށާއި، ޚިޔާލު ހޯދުމުގެ ޕޯލްތަކުގެ ނަތީޖާ ދައްކާގޮތުން 66 އިންސައްތަ ރައްޔިތުންގެ އިތުބާރު ރައްޔިތުންގެ މަޖިލީހަށް ގެއްލިފައިވާ ކަމަށެވެ.

ދުވަސްތަކަކަށް ފަހު ރައީސް ޔާމީން ރަށެއްގައި ބޭއްވޭ ބޮޑު ޖަލްސާއެއްގައި ވާހަކަފުޅު ދެއްކެވިއިރު ފެނުނީ އާދަޔާޚިލާފަށް ހަކަތައާއި ބުންވަރު ހުރި ބޭފުޅެއްގެ ގޮތުގައެވެ. އަދި އެމަނިކުފާނުގެ ހުރި ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަން ފެނިގެންދިޔަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.