ށ. ފޯކައިދޫގައި މިސަރުކާރުން އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ ތަނބުތައް އަޅަން ތައްޔާރު ވެއްޖެ.

މިލައުތުރު | 20 އޮގަސްޓު 2026 | ޚަބަރު

ށ. ފޯކައިދޫ ބޮޑުމިސްކިތް ތަޅާލިތާ އެތައް މަހެއް ފަހުން ތަނބުތައް އަޅަން ބުޑުތަކުގެ ތައް ޖަހަން ފަށައިފި އެވެ. ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ ހާމަކުރުމުގެ ގޮތުން ޕީއެންސީ ފޯކައިދޫ ޓީމްގެ ރަސްމީ ފޭސްބުކް ޕޭޖްގައިވަނީ ފޮޓޯތައް ޢާއްމުކޮށް އެކަން ފާހަގަކޮށްފައެވެ.

ފޯކައިދޫގެ ތަރައްޤީއަށް މިސަރުކާރުން ވަޢުދުވެފައިވާ 11 މަޝްރޫޢުގެ ތެރެއިން ތައްފަޅިއެއް ޖަހާލި މަޝްރޫޢަކީ ވެސް މިއީ އެވެ. މި މަޝްރޫޢު ވެސް ކުރިއަށްދާ ނިސްބަތަށް ބަލާނަމަ، ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ނިންމާލެވުމަކީ ވަރަށް ނާދިރު ކަމެކެވެ.

Advertisement

ބޮޑުމިސްކިތް (ހުކުރުމިސްކިތް) ތަޅާލުމުން ފޯކައިދޫގެ ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.