15 އަހަރުގެ ދިގު މުއްދަތެއްގައި ތިނަދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރި މުވައްޒަފަކު އެއްވެސް ކުށެއްނެތި ކުއްލި ގޮތަކަށް ވަކިކުރުމުން ލިބުނު ހިތްދަތި އިހުސާސްތައް ފޭސްބުކްގައި ބަންޑުންކޮށްލައިފި އެވެ.
ފެނަކައަށް އަހަރެންގެ ވަގުތާއި ވަފާތެރިކަމާއި ޚިދުމަތްތެރިކަމާއި ހިތް 15 އަހަރު ވަންދެން ދިނީމެވެ. އަހަރެންގެ ދަތުރު މިހާރު ނިމިފައިވަނީ ޓާމިނޭޝަންގެ ތެރެއިން ނަމަވެސް، އަހަރެން ޚިދުމަތްކުރި އަހަރުތަކާއި އަހަރެން ދިން ހުރިހާ އެއްޗަކީ އަބަދުވެސް އަހަރެންގެ ދިރިއުޅުމުގެ މާނަހުރި ބައެއްގެ ގޮތުގައި ދެމިއޮންނާނެއެވެ. ފެނަކައަށް ބޭނުންޖެހުނު ކޮންމެ ވަގުތެއްގައި އަމިއްލަ ދިރިއުޅުމުގެ ބައެއް އުފާތައް ޤުރުބާންކޮށްފައި ވެސް ވަގުތު ދިނީމެވެ. އެހެންނަމަވެސް އާޚިރުގައި ލިބުނު ހަމަ އެކަނި އެއްޗަކީ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓެކެވެ. އަހަރުތަކެއްގެ ބުރަ މަސައްކަތާއި ވަފާތެރި ޚިދުމަތާއި އުއްމީދުތައް ސިޔާސީ ނުފޫޒުން މިއަދު އަތުލައިފިއެވެ. 15 އަހަރު ވަންދެން މަސައްކަތްކުރި އެންމެ ލޯބިވީ އޮފީހާއި ޚިދުމަތް މިގޮތަށް ނިމޭތަން ފެނުމަކީ ކިތަންމެ ވޭންދެނިވި ކަމެއް ނަމަވެސް އަހަރެން މިދަނީ ކުރެވުނު މަސައްކަތާމެދު ހިތާމަކުރާނެ އެއްވެސް ކަމެއް ނެތްކަން ޔަޤީންވެ ހުރެއެވެ.
އޭނާގެ އިތުރުން އެހެން ދެމީހަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު