ނޫސްތަކުން އުޅެއުޅެ ވެސް ޑޮލަރުގެ އަގު ދަށެއް ނުވި.

މިލައުތުރު | 18 އޮގަސްޓު 2026 | ޚަބަރު

މައްޗަށް ނާރާނެކަމަށާއި، ހުރި ހިސާބެއްގައި ހިފެހެއްޓިފައި ހުންނާނީ ކަމަށް ވިދާޅުވި ޑޮލަރުގެ އަގު އުފުލެމުން އުފުލެމުން ގޮސް 22 ރުފިޔާ 25 ލާރިއަށް އެރުމުން ގޯސްވީ ދެ ނޫހެއްގައި ލިޔުނު ސުރުޚީތަކެވެ. އޭގެ ފަހުން ނޫސްތަކާއި އާއްމު ފަރުދުންވެސް ޑޮލަރުގެ އަގު ދަށްވޭތޯ ލިޔެހަދަން ފެށިއެވެ.

މިއަދާ ހަމައަށް އަދި ހަމަ އެއްގޮތަކަށް ވެސް ޑޮލަރުގެ އަގު ދަށަށްދާ ގޮތެއް ނުވެއެވެ. އޭގެ ބަދަލުގައި ޑޮލަރު ލިބުމުގެ ދަތިކަން އިތުރަށް ގޯސްވެ، އަގު ވެސް ދަނީ ދުވަހުން ދުވަހަށް މަތިވަމުންނެވެ. މިހާތަނަށް ސަރުކާރުން އެޅުއްވި އެއްވެސް ފިޔަވަޅެއްގެ ސަބަބުން އެދެވޭ ހެޔޮ ބަދަލެއް އައިސްފައިވާތަނެއް ނުފެނެއެވެ.

Advertisement

އަނެއްކާ ވެސް ޤާނޫނުތަކަށް ބަދަލު ގެނައުމުން ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށް ބުނެ، ވަގުތު ހޯދަނީއެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާފަދައެވެ. ޑޮލަރުގެ އަގު ބޮޑުވުމާއި، ލިބުމުގެ ދަތިކަމުގެ ސަބަބުން ވިޔަފާރިތަކަށް އަސަރު ކޮށްފިއެވެ. މުދަލާއި ޚިދުމަތުގެ އަގުތައް މައްޗަށް ގޮސްފިއެވެ. ރައްޔިތުންގެ މަތްމަތިދަތިވެ ނުތަނަވަސްކަން އިތުރުވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.