މާލޭގެ ގެއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިިފި.

މިލައުތުރު | 15 އޮގަސްޓު 2026 | ޚަބަރު

މާލޭ ބޮޑު ރަސްގެފާނު މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުންގެ މީޑުއާއިން ބުނީ މި ހާދިސާގެ މައުލޫމާތު މިރޭ 20:41 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

Advertisement

މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާކަމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ފަހުގެ މަޢުލޫމާތުތައް ބުނާގޮތުން ބައެއް އެހެން މީހުންނަށް ވެސް އަނިޔާ ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.