ޑޮލަރުގެ އަގު މައްޗަށްދަނީ ގަލަމުގެ ސަބަބުން ކަމަށް ދޭހަވާގޮތަށް ވަޒީރު ވާހަކަފުޅުދައްކަވައިފި.

މިލައުތުރު | 11 އޮގަސްޓު 2026 | ރިޕޯޓު

ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ ވަރަށް ޑޮލަރުގެ ދަތިކަމެއްނެތް ކަމަށާއި، ޑޮލަރު ވިއްކާ ރޭޓު މައްޗަށް ދަނީ ގަލަމުގެ ސަބަބުން ކަމަށް ދޭވަހާގޮތަށް އިޤްތިޞާދާބެހޭ ވަޒީރު ވާހަކަފުޅުދައްކަވައިފި އެވެ.

ވަޒީރު ތުހުމަތުކުރައްވާ ގޮތުގައި ރާއްޖޭގައި ޑޮލަރުގެ ގަނެވިއްކާ އަގު މައްޗަށް ދަނީ ދެތިން ނޫހެއްގައި ކިޔާ ޚަބަރުތަކުގެ ސަބަބުންނެވެ. ވަޒީރު މިމޭރުމުން ވާހަކަފުޅުދެއްކެވީ ރާއްޖޭގެ އިޤްތިޞާދުގެ ދެފުށް ރައްޔިތުންނަށް ދައްކަވާލުމަށްޓަކައި ބޭއްވެވި ފޯރަމެއްގައި ބޮޑެތި ތަޖުރިބާކާރުންނާއެކު ވެސް އެކުގައެވެ.

Advertisement

ބައެއް ތަޖުރިބާކާރުން ވިދާޅުވީ ޑޮލަރު ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށާއި، ބޭންކް ރޭޓުގައި ނުލިބެނީ ކަމެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުން މުދާ އެތެރެކުރާ ފަރާތްތަކުން ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރު އެއްވެސް ރޭޓެއްގައި ގަންނަން ނުލިބިގެން ދުވާތަން ފެނެއެވެ.

މިއަދު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 22.25 ރުފިޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.