މިމަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު އަށެއް އިންސައްތަ އިތުރުވެފައި ވީނަމަވެސް ސަރުކާރަށް ކަމެއް ނުވެގެން މިއުޅެނީ ކީއްވެގެންތޯ މީހުން ސުވާލު އުފައްދަން ފަށައިފި އެވެ.
ފަތުރުވެރިކަމާ ބެހޭ ވިޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މި މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 60،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޒިޔާރަތްކޮށްފައި ވަނީ 55،000 ފަތުރުވެރިންނެވެ. އަދި އޭގެ ކުރީ އަހަރުގައި އައީ 51،000 ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ އަދަދު އިތުރުވީ، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. އަދި މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ އެވެ. ޗައިނާއިން 35،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފިއެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 285،000 ޓޫރިސްޓުން އައިސްފައިވާ އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ފަސް ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ ޖެނުއަރީ މަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެއް މަސް ތެރޭ އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި މަހެވެ. އެހެން ނަމަވެސް އެއީ 224،000 ފަތުރުވެރިންނެވެ.
އާއްމުންގެ ޝަކުވާއަކީ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ ބޮޑުތަކުން އިތުރުވަމުންދާ އިރު ވެސް ސީދާ ރައްޔިތުންނާ ގުޅޭ މުހިންމެ މަޝްރޫޢުތައް ކުރިއަށް ނުގޮސް ހުއްޓިފައި ހުންނަނީ ކީއްވެގެންތޯ މީހުން ސުވާލު އުފައްދަން ފަށައިފި އެވެ.
ކިޔުންތެރިންގެ ހިޔާލު