ދިވެހި ޕެންޝަން ފަންޑުގައި 26 ބިލިޔަން ރުފިޔާ އެބަހުރި – ސުޖާތާ

މިލައުތުރު | 10 ސެޕްޓެމްބަރ 2025 | ވިޔަފާރި

މިއަދު ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް ފައިނޭންސް ފޯރަމް 2025 ގައި ވާހަކަފުޅު ދައްކަވަމުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ 30 ޖޫން 2025 ގެ ނިޔަލަށް ދިވެހި ޕެންޝަން ފަންޑަށް ޖުމްލަ 26.2 ބިލިޔަން ރުފިޔާ ޖަމާކުރެވިފައިވާ ކަމަށެވެ.

ސުޖާތާ ހުށަހަޅުއްވައިދެއްވި ޕްރެޒެންޓޭޝަންގައި ވާގޮތުން ބަރާބަރަށް ޕެންޝަން ދައްކަމުން ގެންދާ ޖުމްލަ 128617 މުވައްޒަފުން ތިބި އިރު، މަހެއްގެ މައްޗަށް 156 މިލިޔަން ރުފިޔާ ޕެންޝަން ފަންޑަށް ލިބެމުންދާ ކަމަށެވެ.

Advertisement

2025 ވަނަ އަހަރަށް ލަފާކޮށްފައިވާ ރިއަލް ޖީޑީޕީ އަކީ 106.5 ބިލިޔަން ރުފިޔާ ކަމަށްވީ ހިނދު، އޭގެ 25 އިންސައްތައާއި ރިޓަޔަރމަންޓް ޕެންޝަން ފަންޑު އެއްވަރެވެ. ޕެންޝަން އޮފީހުން ހާމަކުރެއްވި ގޮތުގައި ސަރަޙައްދުގައި ވެސް ޖީޑީޕީގެ މިނިސްބަތުން ޕެންޝަން ފަންޑު އެންމެ ބޮޑީ ދިވެހިރާއްޖޭގައި ކަމަށެވެ.

ފެންޝަން ފަންޑަކީ ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓްމަންޓެވެ. ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އެންމެ ބޮޑު އަދަދެއް އިންވެސްޓު ކުރަނީ ފެންޝަން ޕަންޑުން ކަމަށާއި، އެހެން ނަމަވެސް ފަންޑުގެ ބޮޑުކަމުން ބޭނުންކުރެވެނީ ކުޑަ ނިސްބަތެއް ކަމަށާއި، އިންވެސްޓްކުރާނެ އިތުރު ގޮތްތައް ހޯދަންޖެހޭ ކަމަށެވެ.

Advertisement

ކޮމެންޓް