
ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާތީ ނަން މަޝްހޫރު ފޯކައިދޫ ކައުންސިލުން އަނެއްކާ ވެސް ދެ މިލިޔަން ރުފިޔާގެ މަޝްރޫޢެއް ފަށައިފި އެވެ.
ފޯކައިދޫ ކައުންސިލުން ކުރިޔަށް ގެންދާ އުސްފަސްގަނޑު ތަރައްޤީ ކުރުމުގެ ޕްރޮގްރާމުގެ ދަށުން، އިމާރާތްކުރާ ފަތުރުވެރިކަމަށް ޚާއްސަ މައިޒާނާއި އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ. މި އިމާރާތުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އާއި މެމްބަރުންނާއި ކައުންސިލުގެ މުވައްޒަފުންނެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓް ޙަވާލުކޮށްފައިވަނީ ޕްރެސްޓީޖު ބިލްޑާސް އަބްދު ﷲ ނާހިދުއާ އެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ 130 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 2،678،450.13 ރުފިޔާ އަށެވެ. އެހެންކަމުން ކައުންސިލްގެ މި މަސައްކަތާއެކު ޕްރެސްޓީޖު ނާހިދު މިލިޔަނަރަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު