ޕީނިކްސް ޔޫތު ޑިވެލޮޕްމަންޓް ފުޓްސަލް ޗެލެންޖް-2026 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ގްރޫޕުގެ އެއްވަނަ ޓީމެއްގެ ގޮތުގައި ށ. ފޯކައިދޫ ޑޮމިނޭޓާސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ޑޮމިނޭޓާސް އައި ލޮރެންޒޯ ބައްދަލުކުރި ގްރޫޕްގެ ފުރަތަމަ މެޗު 3–3 ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި ދެވަނަ މެޗެއްގެ ގޮތުގައި މިރޭ ޔުނައިޓެޑް އީސްޓް ކޯސްޓާ ބައްދަލުކުރި މެޗު 2–1 ގެ ނަތީޖާއަކުން ވަނީ ކާމިޔާބުކޮށްފައެވެ. އެހެންކަމުން ޑޮމިނޭޓާސް ސީ7 މިވަނީ ރައުންޑް އޮފް 16 އަށް ދަތުރުކޮށްފައެވެ.
ދެވަނަ މެޗުގައި ޑޮމިނޭޓާސްއަށް ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖޯޒީ ނަންބަރު 77 އަނާން އާއި، ޖޯޒީ ނަންބަރު 97 އަޔާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑޮމިނޭޓާސްގެ އަނާންއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައި ވެއެވެ.
ބޯކޮށް ވާރޭވެހި ދަނޑުގައި ފެންބޮޑުުވުމުގެ ސަބަބުން ކުޅުން ހުއްޓާލަންޖެހި، މެޗުގެ ދެ ހާފު ކުޅެފައިވަނީ ތަފާތު ދެ ދުވަހެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު