ދިވެހިރާއްޖޭގެ ޒުވާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އުކުޅަހުގައި ޒުވާނުންގެ އެކުވެރިކަމުގެ ފުޓްސަލް މެޗުގައި ބޫޓުކޮޅުން ޖެހި ގޯލަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެ އެވެ.
އެކި އެކި ސޯޝަލް މީޑިޔާގެ މަންސަތަކުގައި ރައީސް ގޯލްޖަހާ މަންޒަރު ފެންނަ ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. އެ ވީޑިއޯއަށް ކޮމެންޓުކުރާ ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. ޤައުމެއްގެ ރައީސަކު އެހާ ބޮޅަށް ފުޓްސަލް ކުޅޭތަން ނުފެންނަ ކަމަށާއި، ވަރަށް ވެސް ހިތްގައިމު ގޯލެއް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު އަކީ ފުޓްސަލް ކުޅެން ވަރަށް ހުނަރުވެރި ބޭފުޅެކެވެ. ވަރަށް ގިނަ މުނާސަބަތުތަކުގައި ފުޓްސަލް ކުޅުއްވައި އުޅުއްވައެވެ. އެއީ އެމަނިކުފާނު ފުޓްސަލް ކުޅުއްވުމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު