ބައްޝާރުލް އަސަދު މަރަންޖެހޭ ކަމަށް ސޫރިޔާގެ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފި.

މިލައުތުރު | 11 އޮގަސްޓު 2026 | ޚަބަރު

ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު މެރުމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފި އެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް ސާބިތުވާކަމަށް ކަނޑައަޅައި ހުކުމްކުރީ އޭނާގެ ޣައިރު ހާޒިރުގައެވެ.

ސޫރިޔާގައި ދިގު މުއްދަތަކަށް ވެރިކަން ކުރި އަދި ދާޚިލީ ދިގުދެމިގެންދިޔަ ހަނގުރާމައަކަށް ފަހު، ވެރިކަން ވެއްޓުމުން ޤައުމު ދޫކޮށް ރަޝިޔާއިން ވަނީ ހިމާޔަތް ހޯދާފައެވެ. އޭނާ ދިރިއުޅޭތަނެއް އެއްވެސް ބަޔަކަށް ނޭނގޭ ގޮތަށް ވަނީ ސިއްރުކޮށްފައެވެ. އޭނާގެ ވެރިކަމުގެ ދުވަސްވަރުގައި ރަޝިޔާ އާއެކު ގާތް ގުޅުމެއް ބާއްވާފައި ވެއެވެ. އަދި ބޮޑެތި އެހީތައް ހޯދާފައި ވެއެވެ. އެގޮތުން މާލީ އެހީ އާއި އަސްކަރިއްޔާއަށް ބޭނުންވާ ހަތިޔާރާއި ފަންނީ އެހީތެރިކަން ރަޝިޔާއިން ހޯދާފައި ވެއެވެ.

Advertisement

ސޫރިޔާގެ ކޯޓުން ހުކުމް ކުރިޔަސް އަސަދުގެ ދިރިއުޅުމުގެ އެއްވެސް ކަމަކަށް އެއްވެސް އަސަރެއް ކޮށްފާނެ ކަމަކަށް ނުބެލެވެއެވެ. އެއީ ރަޝިޔާގެ ސަރުކާރުން ވަނީ އޭނާއަށް ހިމާޔަތް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.