ދިވެހިރާއްޖޭގައި މިހާތަނަށް ދުވަހަކު މައްޗަށް ނުދާ މިންވަރަށް ޑޮލަރުގެ އަގު މައްޗަށް ދިޔައީ ދެ ނޫހެއްގެ ސަބަބުން ކަމަށް ސަރުކާރުގެ ފަރާތުން ވަނީ އާންމުކޮށްފައެވެ.
ޑޮލަރުގެ އަގު މައްޗަށްދިއުމާއި، އިޤްތިޞާދީ ގޮތުން ރާއްޖެއޮތް ހިސާބުގެ ދެ ފަރާތް ހާމަކުރުމުގެ ގޮތުން ތަޖުރިބާކާރުންނާއި އެކު އިޤްތިޞާދީ ވަޒީރު ބޭއްވި ޚާއްސަ ފޯރަމެއްގައި ހާމަކުރިގޮތުގައި އެމެރިކާ ޑޮލަރުގެ އަގު އުފުލެނީ ދެ ނޫހެއްގައި ލިޔާ ސުރުޚީތަކުގެ ސަބަބުންނެވެ.
އެއީ ކޮން ދެ ނޫހެއްކަން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އޭގެތެރޭގައި މިލައުތުރު އޮންލައިން ނުހިމެނޭކަން އުފަލާއެކު ފާހަގަކުރަމެވެ. ސަބަބަކީ އެއީ އެގޮތަށް މައްޗަށް އަރާފައި ތިިރިއަށް ފައިބާ އެއްޗެއް ނޫންކަން ހުރިހާ ނޫސްވެރިންނަށް ވެސް އެނގޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު