ރާއްޖޭގެ މަސްކަނޑުން ގެއްލުނުބައި ހޯދަން ވަރަށް ބާރަށް އެބަ މަސައްކަތްކުރަން – ވަޒީރު ޝިޔާމް

މިލައުތުރު | 13 އޮގަސްޓު 2026 | ޚަބަރު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދުވަސްވަރުގައި އޭރުގެ ޚާރިޖީ ވަޒީރުގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭގޮތަށް ރާއްޖޭގެ މަސްކަނޑުން ބައެއް ގެއްލުވާލިކަމަށް ގޮވަމުން ވެރިކަމަށް އައިމީހުން 3 އަހަރު ވެގެންދާއިރު އެކަމާގުޅޭ ގޮތުން ބަހެއް ވެސް ބުނެލެވުނު މިއީ ފުރަތަމަ ފަހަރެވެ.

މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ މަސްކަނޑުން ގެއްލުނުބައި ހޯދަން އެމަނިކުފާނު ވަރަށް ބާރަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ކުރައްވަނީ ކޮންކޮން މަސައްކަތްތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.

Advertisement

ފާޑުކިއުންތައް އަމާޒުވީ ނަމަވެސް މިނިސްޓަރ ޝިޔާމް ފާހަގަކުރެވެނީ ނިސްބަތުން ގިނަ މަސައްކަތްތަކެއް ކުރައްވާ ވަޒީރެއްގެ ގޮތުގައެވެ. ޚާއްސަކޮށް މަސްވެރިންނަށް ސަރުކާރުން ދަރާފައިއޮތް ފައިސާ ދައްކާ ޚަލާޞްކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.