ފުނަދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް އެމްޕީ މަންޑޭގެ ފަރާތުން 14000 ރުފިޔާ.

މިލައުތުރު | 17 އޮގަސްޓު 2026 | ޚަބަރު

ށ. ފުނަދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް އެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު މަމްދޫހް (މަންޑޭ) ގެ ފަރާތުން 14000 ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވައިފި އެވެ.

އެމްޕީ މަންޑޭގެ ފަރާތުން މިހާ ބޮޑު އިނާމެއް ހުށަހެޅުއްވީތީ، ފުނަދޫ ސްކޫލުން އެމަނިކުފާނުގެ ޕޮޓޯޖެހި ޕޯސްޓެއް ސޯޝަލް މީޑިޔާގައި ވަނީ ހިއްސާކޮށްފައެވެ. އެ ޕޯސްޓުގައި އެމަނިކުފާނަށް ޝުކުރު އަދާކޮށްފައި ވެއެވެ. މިއީ ށ. އަތޮޅުގެ ދާއިރާތައް ތަމްސީލް ކުރައްވަމުން ގެންދަވާ މަޖިލިސް މެންބަރަކު ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި އެންމެ ބޮޑު ފައިސާގެ އިނާމުކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

Advertisement

މަންޑޭގެ ބޮޑު އިނާމަކުން މުޅި ފުނަދޫ ދާއިރާ ހައިރާންކޮށްލާފައި މިވަނީ މާއުނގޫދޫ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާއަށް ހުސްފޮށިގަނޑެއް ފޮނުވިކަމަށް ބުނެ އޭނާ ބަދުނާމުކޮށް ވާހަކަތަކެއް ފަތުރާފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.