ގައުމީ އެއާލައިނުން ފަތުރުވެރިންނަށް މިހާރު ޓިކެޓު ވިއްކާ އަގު މުރާޖަޢާކޮށް އަގު ހެޔޮކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުންގެ މެދުގައި ކުރެވުނު ފުޅާ މަޝްވަރާތަކަށް ފަހު، މިހާރުގެ އަގުތައް އަލުން މުރާޖަޢާކޮށް ހެޔޮ ކުރެވޭނެ ގޮތްތައް ހޯދުމަށް ނިންމަވާފައި ވެއެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ މިހާރު ނަގަމުންދާ އަގު މުރާޖަޢާކޮށް ކުޑަކުރެއްވުމަށް ވަޒީރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޝްވަރާތަކުގެ ތެރެއިންނެވެ.
މިހާރު ފަތުރުވެރިންނަށް ޓިކެޓު ވިއްކަމުންދަނީ ދިވެހިންގެ އަތުން ނަގާ އަގަށްވުރެ އެތައްގުނައެއް ބޮޑުކޮށެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކުން ސަރުކާރުތަކުގައި އަބަދު ކުރަމުންދާ ޙައްލެއް ލިބިފައިނުވާ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު