ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް 18،053 މުވައްޒަފުން ނަގާފައިވާ ކަމަށާއި، މި ސަރުކާރުން އަދި ނަގާފައި ވަނީ 4،938 މުވައްޒަފުން ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަކިކުރަނީ ކޮން އުސޫލަކުންތޯ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ ސުވާލަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ ދައުލަތުގެ އެއްވެސް މަގާމަކަށް މީހުން އައްޔަންކޮށް، ވަކިކުރަނީ ސިޔާސީ ފިކުރަށް ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބަލައިގެން ނޫންކަމަށާއި، އެއީ ގާނޫނު ހުއްދަކުރާކަމެއް ވެސް ނޫންކަމަށެވެ.
ވަޒީރު މިހެން ވިދާޅުވިއިރު މިދުވަސްކޮޅު މުޅި ރާއްޖެއިން ވެސް އެންމެ ގިނައިން އިވޭ އަޑަކީ ފެނަކަ މުވަައްޒަފުން ވަކިކުރާ ވާހަކައެވެ. އަދި ވަކިކުރާ މީހުންގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު