90ގެ އަހަރުތަކުގައި މީހުންގެ ހިތްތައް ފަތަހަކުރި އަނޫ އަގަރްވާލްއަށް މިވަނީ ކިހިނެއް!

މިލައުތުރު | 20 އޮގަސްޓު 2026 | ރިޕޯޓު

90ގެ އަހަރުތަކުގެ ކުރީކޮޅު ނިކުތް އިޝްޤީ ފިލްމް “އާޝިޤީ” އިން މަޤުބޫލްކަން ލިބިގެންދިޔަ ބަތަލާ އަނޫ އަގަރްވާލްގެ ބައެއް ޕޯސްޓްތަކުގެ ސަބަބުން އޭނާއަށް ވެގެންއުޅޭ ގޮތަކާމެދު މީހުން ސުވާލުކުރަން ފަށައިފި އެވެ.

Advertisement

އުމުރުން 57 އަހަރުގެ އަނޫ މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި އުޅެނީ 18 އަހަރުނުވާ ކުއްޖަކު އުޅޭގޮތަށް ކަމަށް ބުނެ ބައެއް މީހުން އޭނާގެ ނަފުސާނީ ސިއްޙަތު ރަނގަޅުތޯ ވެސް ސުވާލުއުފައްދަން ފަށައިިފި އެވެ. އަދި އަނެއް ބަޔަކު ބުނާގޮތުގައި އޭނާގެ ރީތިކަން އަދިވެސް މިލާނުދެއެވެ.

އެކްސިޑެންވުމުގެ ސަބަބުން ހަރަކާތްނުކުރެވި ދުވަސްތަކެއް އުޅެންޖެހުމުގެ ސަބަބުން ފިލްމީ އިންޑަސްޓްރީއާ ދުރައްދާން ޖެހުމުން ތަހައްމަލްކުރީ ހިތްދަތި ދުވަސްތަކެއް ކަމަށް ވެއެވެ. އަދި އޭގެ ސަބަބުން އޭނާގެ ޙަޔާތް ބަދަލުވެގެންދިޔައީ ވަރަށް ވެސް ދެރަގޮތަކަށް ކަމަށް ބައެއް މަސްދަރުތަކުން ސާފުވެއެވެ.

އަނޫ އަކީ ކިޔަވަން އުޅުނު އިރުވެސް ވަރަށް ތޫނުފިލި މޮޅު ކުއްޖެކެވެ. އެގޮތުން ޑެލްހީ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލްކުރަން އުޅުނުއިރު، ސޯޝިއޮލޮޖީން ގޯލްޑް މެޑަލް ލިބިފައިވެއެވެ. އަދި ރީތިކަމަށާއި، އިޝްޤީ ސިފަތަކަށްޓަކައި ޒުވާން ފިރިހެން ކުދިންގެ ލިސްޓްގެ އެއްވަނައެވެ.

މިހާރަކަށް އައިސް އޭނާ ލިޔާ ކޮންމެ ޕޯސްޓެއްގައި ޑރ. އަނޫ އަގަރްވާލް ޖަހާފައި ހުރެއެވެ. އެހެންނަމަވެސް އެއީ ކޮންކަމެއްގެ ކޮންކަހަލަ ޑޮކްޓަރެއް ކަމެއް ޔަޤީންކޮށްދިނުމަށް ކޮމެންޓް ސެކްޝަނުގައި މީހުން ސުވާލުކޮށްފައި ހުރެއެވެ. އަދި މަލާމާތުގެ ޝިކާރައަކަށް ވެސް ބައެއް ފަހަރު އެކަން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.