ފެނަކައިން ށ. މިލަންދޫގައިދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުރުމުގެ ގޮތުން 1200 ކިލޯވޮޓްގެ މުޅިން އައު ޖަނަރޭޓަރެއް އެ ރަށަށް ފޮނުވައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، ކުރިން މިލަންދޫ އިންޖީނުގެއިން އުފެއްދެނީ 2100 ކިލޯވޮޓްގެ ކަރަންޓް ކަމަށެވެ. އެހެންނަމަވެސް، ފަހުން ފޮނުވި ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 2700 ކިލޯވޮޓަށް މަތިވެގެންދާނެ އެވެ.
މިލަންދޫއަކީ ށ. އަތޮޅުގައި އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އަދި ބޭނުންކުރާ ކަރަންޓުގެ ނިސްބަތް އެންމެ މަތި އެއް ރަށް ވެސް މެއެވެ. އެހެންކަމުން މިއީ އެ ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީވެެގެންދާނެ ވަޞީލަތެކެވެ.

ކިޔުންތެރިންގެ ހިޔާލު