ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ޝިއުރީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޝިއުރީ އައްޔަން ކުރެއްވީ ޖޫން 13، 2024 ގަ އެވެ. އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ހަސަން ކުރުސީ އެކްސްގައި ބައެއް ސަބަބުތައް ހިއްްސާކޮށްފައި ވެއެވެ. އެއީ ޙަޤީޤަތެއް ކަމެއް ކަށަވަރެއް ނުވެއެވެ. ޝިއުރީ އިސްތިއުފާ ދެއްވުމުގެ ކުރިން މިއަދު ވަނީ އެތަނުގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ޝިއުރީ އަކީ އެއާޕޯޓު ތަރައްގީ ކުރުމުގެ އެކިއެކި މަޝްރޫއުތަކުގައި އިސްކޮށް މަަސައްކަތް ކުރައްވައިފައިވާ ފަރާތެކެވެ. އެގޮތުން ފުވައްމުލަކު އެއާޕޯޓު ޕްރޮޖެކްޓާއި، ދަރަވަންދޫ އެއާޕޯޓާއި، އިފުރު އެއާޕޯޓާއި، ކޫއްޑޫ އެއާޕޯޓާއި، ކުޑަހުވަދޫ އެއާޕޯޓުގެ އިތުރުން ކުޅުދުއްފުށި އެއާޕޯޓު ޕްރޮޖެކްޓް ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު