ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 12،552 މީހަކު އަނބުރާ ފޮނުވާލާފައިވާއިރު އެ މީހުންނަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ ޖޫން 13، ގެ ނިޔަލަށް އަނބުރާ ގައުމަށް ފޮނުވާލި މީހުން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަކީ ވެސް މިހާރު ބޮޑު ވިޔަފާރިއެއް ފަދަ ކަމެއް ކަމަށް ތުހުމަތުކޮށް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ. އަބަދުވެސް އިވެނީ އެތައް ހާސް މީހުންނާއި، މިތައް ހާސް މީހުން ފޮނުވާލި ވާހަކަ ކަމަށާއި، އެކަމަކު ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މަދުވާތަނެއް ނުފެންނަ ކަމަށެވެ.
ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމާއި ގުޅޭގޮތުން މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ 12،000 މީހުން ފޮނުވާލިއިރު، 24،000 މީހުން އެތެރެވެއްޖެ ކަމަށެވެ. މިއީ ވެސް ގޮތްނޭނގޭ ބޮޑު ވިޔަފާރިއެއް ކަމަށާއި، މައްސަލަ ޙައްލުކުރުމުގެ ނިޔަތެއްނެތް ކަމަށެވެ. އަރުވަނީ ފޮނުކަމަށާއި، ނަގަނީ ކަޓު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު