އެކްސިޑެންޓްތައް ގިނަވުމާއި، ފުރާނަގެއްލޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާތީ، ކަންބޮޑުވުން ފާޅުކުރައްވައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަގުހުރި ނަސޭޙަތެއް ދެއްވައިފި އެވެ.
ދީނާއި ޤައުމާއި ޤައުމިއްޔަތަށް ލޯބިކުރައްވާ ޕީއެންސީގެ އެކްޓިވިސްޓް މަރިޔަމް ޝިއުނާ ދެއްވި ނަސޭޙަތަކީ، ކޮންމެ ކަމެއްގައިވެސް ރައްކާތެރިކަމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކީ އެކަމަކަށް ވާރިދުވެފައިވާ މާތް ދުޢާތައް ކިޔުމެވެ. އެގޮތުން ގެއިން ނުކުންނަ ވަގުތު ކިޔާ ދުޢާއާއި، ސަވާރީއަށް އަރާއިރު ކިޔާ ދަތުރު ދުޢާ ކިއުމަށް ނަސޭޙަތްތެރި ވެފައި ވެއެވެ.
އަދި މީގެ އިތުރުން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމަށް އަބަދުވެސް އާދަކުރުމަށް ވެސް އާދަކުރުމަށް ނަސޭޙަތްތެރިވެފައި ވެއެެވެ. މާތް ﷲ ގެ ރަޙްމަތްފުޅާއި ރައްކާތެރިކަން އަބަދުވެސް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު