ށ. ފޯކައިދޫން 13 މުވައްޒަފުން ވަކިކުރުމުން ޕީއެންސީ ކޮމަންޑޫ ދާއިރާގެ ނައިބު ރައީސް މަލާމާތުގެ ސުވާލެއް ރައްދުކޮށްފިއެވެ. އޭނާގެ “ކަނޑާލީ ދިނީ؟” ސުވާލަކީ ބެލެވޭގޮތުގައި ފޯކައިދޫ ކައުންސިލަށް ރައްދުކުރި މަލާމާތެކެވެ.
ފޯކައިދޫ ފެނަކައިގެ މުވައްޒަފެއް ކުއްލިގޮތަކަށް ކަނޑާލުމުން ރަށު ކައުންސިލުން ވަގުތުން އޭނާއަށް ކޮންޓްރެކްޓް ވަޒީފާއެއް ވަނީ ދީފައެވެ. އޭގެ ފަހުން އަނެއްކާ އިތުރު 13 މުވައްޒަފުން ވަކިކުރުމުން ޕީއެންސީ ކޮމަންޑޫ ދާއިރާގެ ނައިބު ރައީސް ގޮންޖައްސަވައި ސުވާލުކޮށްފައި އެވަނީ ކަނޑާލާ ވަރަކުން ކައުންސިލަށް ވަޒީފާ ދެވޭނެތޯ އެވެ. މިކަމުން ދޭހަވާ އަނެއް މާނައަކީ އަދިވެސް އިތުރަށް މުވައްޒަފުން ވަކިކުރާނެކަމާއި، އެ އެންމެންނަށް ވަޒީފާ ނުދެވޭނެ ވަރު ކޮށްލާނެ ކަމެވެ.
މި ސުވާލަށް ފޯކައިދޫ ކައުންސިލްގެ ރައީސް ވަނީ ޖަވާބު ދެއްވާފައެވެ. އެ 13 މީހުންނަށް ވެސް ޔުނީފޯމް ފެހުމަށް ތައްޔާރުވާ ކަމަށެވެ. ބެލެވޭގޮތުގައި އެމީހުންނަށް ވެސް ވަނީ ކޮންޓްރެކްޓް އުޞޫލުން ވަޒީފާ ހަމަޖައްސާފައެވެ. އެލްޖީއޭގެ ސިޓީގެ ކުރިންވެސް އެކަން ހަމަޖައްސަވާފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.
އިތުރު ތަފްޞީލް އަންނަނީ….

ކިޔުންތެރިންގެ ހިޔާލު